-8402fff9.png)
ސައިފުﷲ އަލީ
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 9 މީހުން މަރުވެއްޖެ އެވެ.
މި 9 މީހުންގެ ތެރެއިން 8 މީހުންނަކީ ރޮހިންޏާގެ ރެފިޔުޖީންނެވެ. މިއީ މިޔަންމާގެ ސަރުކާރާ ދެކޮޅުވެރިވަމުން ދިޔަ މީހުންނަށް ދެމުންދިޔަ އަނިޔާތަކުން ސަލާމަތްކަން ހޯދުމަށް ބަންގްލަދޭޝްއަށް ބަދަލުވި 8 ރެފިޔުޖީންނެވެ.
މި 9 މީހުންގެ އިތުރަށް ދެން މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ މަރުވެފައިވަނީ ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު އޭނާގެ ގެ ފުނޑުފުނޑުވެގެން ކަމަށެވެ.
ބަންގްލަދޭޝްގެ ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ބިންގަނޑު ކަނޑައިގެން ގޮސްފާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައި އުޅެމުންދާ ރެފިޔުޖީން އެހެން ސަރަހައްދުތަކަށް ބަދަލުކުރަމުންނެވެ. މިހާތަނަށް ހާހަކަށް ވުރެ ގިނަ ރެފިޔުޖީން ވަނީ ބަދަލުކޮށްފަ އެވެ.
ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
ބަންގްލަދޭޝްގެ ސިޓީއެއް ކަމަށްވާ ކޮކްސް ބާޒާރަކީ ދުނިޔޭގައި އެންމެ ގިނަ ރެފިޔުޖީން ހިމާޔަތް ހޯދާފައިވާ ސަރަހައްދެވެ. ތޮއްޖެހިފައިވާ މި ހިސާބުގަނޑުގައި ރޮހިންޔާއަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މީހުން އުޅެ އެވެ. މި މީހުން މިޔަންމާ ދޫކޮށް ފިލީ 2017 އެ ގައުމުގައި ހިންގަން ފެށި މިލިޓަރީ އަނިޔާވެރިކަމުން ސަލާމަތްވުމަށެވެ.
އެ ސަރަހައްދުގައި ރެފިޔުޖީން އުޅެމުން ދާ ގެތައް ހަދާފައިވަނީ ބޭމްބޫ ދަނޑި އަދި ޕްލާސްޓިކް ޝީޓު ބޭނުންކޮށްގެންނެވެ.

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން