-8402fff9.png)
މިންހާ އަބްދުالله

އުމުރުން 78 އަހަރުގެ ހަސީނާ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަނބުރާ ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެކަން އިއުލާންކުރައްވައިފި އެވެ.
ފާއިތުވި ދެ އަހަރު ދުވަސް ހަސީނާ ހޭދަކުރެއްވީ އިންޑިޔާގަ އެވެ. އިންޑިޔާއިން އަނބުރާ ބަންގްލަދޭޝްއަށް ހަސީނާ ވަޑައިގަންނަވާއިރު ހަސީނާގެ މައްޗަށް ބަންގްލަދޭޝްގެ ކޯޓުން އޮތީ މަރުގެ ހުކުމެއް އިއްވާފަ އެވެ.
އުމުރުން 78 އަހަރުގެ ހަސީނާ ރިއުޓާޒްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަންނަވަނީ އޭނާގެ ޕާޓީ އަވާމީ ލީގުގެ ހަރަކާތްތައް ހުއްޓުވުމަށް އަންގާފައި އޮތް އޮތުމަށް ޗެލެންޖުކުރައްވައި އެކަން ބަދަލުކުތެއްވުމުގެ މަސައްކަތް ފެށުމަށެވެ.
2025 ވަނަ އަހަރުގެ ތެރޭގައި އެ ޕާޓީގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމެވީ ޝެއިޚް ހަސީނާގެ ވެރިކަން ގަދަކަމުން ނިމުމަކަށް ގެނައުމަށްފަހު ދެން އެކުލަވާލި ވަގުތީ ސަރުކާރުންނެވެ. ހަސީނާގެ ވެރިކަން ބަދަލުކުރުމަށާއި އެ ވެރިކަން ވައްޓާލުމަށް 2024 ވަނަ އަހަރު މަގުމަތީ ހަރަކާތްތައް ފެށީ އެ ގައުމުގެ ކިޔަވާ ކުދިންތަކެކެވެ.
ހަސީނާގެ އިންޓަވިއުގައި އޭނާ ވިދާޅުވީ ބަންގްލަދޭޝްއަށް އޭނާ ދިޔުމާއެކު އޭނާ މަރާލާނެކަމަށް ވެސް ބެލެވިދާނެ ކަމަށެވެ. އެހެންނަމަވެސް، މަރާއި ބައްދަލުކުރަންޖެހިއްޖެ ހާލަތުގައި ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި މަރާއި ބައްދަލުކުރުމަށް ކަމަށް ހަސީނާ ވިދާޅުވި އެވެ.
ހަސީނާ ވިދާޅުވިގޮތުގައި ބޭނުންވަނީ ޕާޓީގެ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވާ އެންގުމަށް ޗެލެންޖުކޮށް ޕާޓީގެ މަސައްކަތްތައް ފެށުމަށެވެ. އަދި އެކަން ކުރުމަށް އޭނާއާއެކު ޕާޓީގެ ދެން ތިއްބވި ލީޑަރުން ވެސް ކޯޓަށް ހާޒިރުވުމަށް އެދިފައިވެ އެވެ. މީގެ ތެރޭގައި ހަސީނާއާއެކު މަރުގެ ހުކުމް އިއްވާފައިވާ މީހުން ވެސް ހިމެނެ އެވެ.
ހަސީނާ ދެކޭ ގޮތުގައި އޭނާއާ ދެކޮޅަށް ނިންމާފައިވާ ނިންމުންތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ނިންމުންތަކެކެވެ.
ކިޔަވާ ކުދިންތަކެއް ފެށި މަގުމަތީ ހަރަކާތްތަކުން ސަލާމަތް ހޯދުމަށް ބަންގްލަދޭޝް ދޫކޮށް އިންޑިޔާއަށް ވަޑައިގެން އިންޑިޔާގެ ހިމާޔާތް ހޯދުމުން ބަންގްލަދޭޝް އާއި އިންޑިޔާގެ ގުޅުމަށް ވެސް ހީނަރުކަން އައިސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން