-8402fff9.png)
ފާތިމަތު މިޝްކާ

ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ގަދަބާރު ނެރެމުންދާ މަންޒަރު
އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ޔަހޫދީން އާބާދުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންއިން (އީޔޫ) އިން އަލުން ގޮވާލައިފި އެވެ.
އީޔޫގެ ތަރުޖަމާނު ހުކުރު ދުވަހު އާންމު ކުރެއްވި ބަޔާނުގައި ޔަހޫދީންގެ އާބާދުވުން ހުއްޓާލުމަށް ގޮވާލައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައިވެ އެވެ. އެއް ފަރާތުން ނުވަތަ އިސްރާއީލުން އެކަނި ނިންމާ ނިންމުންތަކުގެ ސަބަބުން ފަލަސްތީނު އަމިއްލަ ދައުލަތަކަށްވުމަށް އޮތް ފުރުސަތު ގެއްލިގެންދާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ހަދާފައިވާ އާބާދުތަކަށް ގާނޫނީ ހިމާޔަތް ދިނުމާއި، ފަލަސްތީނުގެ ބިންތައް ފޭރުމާއި، އިމާރާތްތައް ނައްތާލައި އަދި ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ގަދަކަމުން ނެރުން ހުއްޓާލުމަށް އިސްރާއީލަށް އީޔޫއިން ގޮވާލާފައިވެ އެވެ.
މިފަދަ ކަންކަމަކީ "ޓޫ-ސްޓޭޓް ސޮލިއުޝަން" ނުވަތަ ދެ ދައުލަތުގެ ހައްލަށް އޮތް ބޮޑު ހުރަހެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މި ބަޔާން ނެރެފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލަށް 34 އާބާދީއެއް ގާއިމުކުރުމަށްޓަކައި ގާތްގަނޑަކަށް 427.8 މިލިއަން ޑޮލަރު ކަނޑައެޅުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމިތާ ކައިރީގަ އެވެ.
މި ފައިސާއަކީ ފަހުގެ ތާރީޚެއްގައި އިސްރާއީލުގެ އާބާދީ ފުޅާކުރުމަށް އިސްރާއީލުން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިޔުންތައް ވަނީ އިސްރާއީލަށް އަމާޒުވެފައެވެ.
އދ. އާއި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި، 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ބިންތަކުގައި މީހުން އާބާދުކުރުވުމަކީ ގާނޫނާއި ހިލާފު ކަންކަމެވެ. ނަމަވެސް އިސްރާއީލުން މި ނިންމުންތަކަށް އިންކާރުކުރެއެވެ.
1967 ގައި އިސްރާއީލުން ހިފި ބިންތަކުގެ މައްޗަށް އެ ގައުމުގެ އެއްވެސް ބާރެއް އޮތްކަމަށް ބަލައިނުގަންނާނެ ކަމަށް އީޔޫ އިން ބުނަމުންދިޔަ ނަމަވެސް، އިސްރާއީލުގެ މި އަމަލުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމާ މެދު އީޔޫގެ 27 ގައުމުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-4d363154.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން