-8402fff9.png)
މިންހާ އަބްދުالله

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއްިޒު މިއަދުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި / ފޮޓޯ: މާހިލް، ނުކުތާ
މި ސަރުކާރުން ގެންގުޅޭނީ ދިވެހިން އިސްކުރާ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުތަކެއް ކަމަށާއި މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ގެންގުޅޫނީ "ޕްރޯ އިސްރާއީލު" ޚާރިޖީ ސިޔާސަތުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ކުޑަ، ދިވެހިންނާއި ބީރައްޓެހި ޚާރިޖީ ސިޔާސަތުތަކެއް ކަމަށެވެ. އެހެން ބައެއްގެ ބާރުގެދަށުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތް އިރެއްދިޔަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އާދައިގެކޮށް ބުނާނަމަ "ގޮނޑި ކޮއްކޮ" ހާރިޖީ ސިޔާސަތެއް ގެންގުޅުނީ، އެއީ މި ގައުމަށް ހެޔޮ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ފަހުރުވެރި ދިވެހީންގެ ރާއްޖެއަކަށް މި ގައުމު ހެދުމަށް އެންމެ މުހިންމު ކަމަކީ ދިވެހިން އިސްކުރުން ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކަމަށާއި އަބަދުވެސް އިސްކުރާނީ ދިވެހިންނާއި ރާއްޖެއަށް ރަނގަޅު ގޮތް މެދުވެރިވާނެ ގޮތްތައް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ބަލައިގަންން ކޮންމެ ބަޔަކާ އެކީ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުން ގެންގުޅެނީ، އިނގިރޭސިން ބުނާނަމަ "މޯލްޑިވްސް ފަސްޓް" ޕޮލިސީއެއް،" ރައީސް ވިދާޅުވި އެވެ.
އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކާއި ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށާއި އޭގެ ސަބަބކީ ކޮންމެ މީހެއްގެ ވެސް ހިތުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދާކަމަށް ރައީސް ވިދާޅުވި އެވެ.
އެ ޖެނޮސައިޑް ދިވެހިން ގަބޫލެއް ނުކުރޭ، އެކަން ހިނގާހާ ދުވަހަކު އަދި މި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާހާ ދުވަހަކު ދިވެހިންގެ ވިންދާއި އިހްސާސާ އެއްގޮތަށް އިސްރާއީލު ޕާސްޕޯޓުގައި މި ގައުމަކަށް އެތެރެއެއް ނުވެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ވެރިކަންތަކުގައި ކަންކަން އޮތީ އޭގެ އިދިކޮޅަށް ކަމަށެވެ. އެއީ ދިވެހިންނާއި ބީރައްޓެހި ފޮރިން ޕޮލިސީތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަކީ ދިވެހިންގެ ތެރެއިން އެކަކުވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށާއި ދިވެހިންނަކީ ސުލްހައަށް ލޯބިކުރާ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ. ހިޔާލު ތަފާތުވުންތަކަކާ ކުރިމަތިލާން ޖެހުމަކީ ވެދާނެ ކަމެއް ކަމަށާއި އެކަމަކު މިއިން އެއްވެސް ކަމަކަކށޤ ކަނޑި އާއި ބަޑިން ހައްލު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަނީ މި އަސާސްގެ މަތިންކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް މި ސަރަހައްދުގެ ގައުމުތަކުގެ ޖަމިއްޔާ، "ސާކް"ގެ މަސައްކަތް ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި 9 ވަރަކަށް އަހަރު ސާކްގެ މަސައްކަތްތައް ހުއްޓިފައި އޮތުމަކީ ބަލައިގަނެވޭ ކަމެއްނޫން ކަމަށް ވިދާޅުވި އެވެ.
"މި ސަރަހައްދުގެ ތަރައްގީ އާއި ސަލާމަތަށް ވެސް ސާކްގެ މަސައްކަތްތައް ފެށުން މުހިންމު، އެ މަސައްކތުގެ މީޑިއޭޓަރަކަށް ވުމަށްވެސް ރާއްޖެ މިއޮތީ އިސް ނަގަން ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މި މިނިވަން ދުވަހުގެ ޖަލްސާއަކީ އެންމެ ގިނަ އަދަދަކަށް ބޭރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިނިވަން ދުވަހުގެ ޖަލްސާ ކަމަށާއި މިކަމުން ވެސް ދޭހަވެގެންދަނީ ރާއްޖޭގެ ވަރުގަދަ ޚާރިޖީ ސިޔާސަތުކަމަށް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން