-8402fff9.png)
ފާތިމަތު މިޝްކާ

މިސްރުގެ ކޯޗު ފަލަސްތީނުގެ ދިދައާއެކު
ފަލަސްތީނާއި އެގައުމުގެ ރައްޔިތުންގެ ހާލަތާ މެދު ހަމްދަރުދީ ނުވާނަމަ އެއީ އިންސާނެއް ނޫންކަމަށް މިސްރުގެ ކޯޗު ހަސަން ބުނެފި އެވެ.
އޮސްޓްރޭލިޔާގެ މައްޗަށް ކުރި ހޯދައި ގަދަ 16އަށް މިސްރު ދިޔުމުން އެކަން ފާހަގަކޮށް އުފާ ފާޅު ކުރުމުގެ ތެރޭގައި މިސްރުގެ ކޯޗު ފަލަސްތީނުގެ ދިދަ ބޭނުންކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެ ކޯޗަށް ލިބިފައިވެ އެވެ. މިސްރުގެ ކޯޗު އެ "ސެލެބްރޭޝަން" ސިފަ ކުރީ އާދައިގެ ކަމެއްގެ ގޮތުގަ އެވެ.
ކޯޗު ބުނީ އަރަބި މީހަކަށް ވިޔަސް، ޔޫރަޕް ނޫނީ އެމެރިކާއަށް ނިސްބަތްވާ މީހަކަށް ވިޔަސް ފަލަސްތީނާ މެދު ހަމްދަރުދީ ނުވާނަމަ އެއީ އިންސާނެއް ނޫން ކަމަށެވެ. ކޯޗު ބުނީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި ޖަނަވާރަކަށް އަނިޔާ ކުރިނަމަވެސް އޭގެ ހައްގުގައި ވާހަކަ ދައްކާނެ އެތައް ބަޔަކު ވާނެ ކަމަށާއި މުޅި ދުނިޔޭގެ ލޯ އެކަމަށް ހުއްޓޭނެ ކަމަށެވެ. އެކަމަކު އެންމެ މިސައިލަކުން 2،000 ނުވަތަ 3،000 މީހުން މަރުވުން މިހާރު އާންމު، އާދައިގެ ކަމަކަށް ހަދައިފިކަމަށް ކޯޗު ބުންޏެވެ.
މިރޭ އާޖެންޓީނާއާ ދެކޮޅަށް މިސްރުގެ ޓީމު ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާތްގަނޑަކަށް ހަތަރު ވަރަކަށް މިނެޓު ވަންދެން ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެ އެވެ.
ފީފާގެ ސްލޯގަންގައި ވެސް އެންމެންނަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އޮންނައިރު، އިންސާނުން ދިރިއުޅުމުގެ ހައްގަށް އިހުތިރާމު އޮންނަން ވާނެ ކަމަށް ކޯޗު ބުންޏެވެ.
މިސްރުގެ ކޯޗުގެ އިތުރަށް ސްޕެއިންގެ ލަމީން ޔަމާލް ފަދަ ކުޅުންތެރިން މޮޅުވުމުގެ އުފާ ފާޅު ކުރާއިރު ފަލަސްތީނުގެ ދިދަ ގެންގުޅެމުން ދާތީ އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން ދެ އެވެ.
އިސްރާއީލުން ފަލަސްތީނަށް މެދުނުކެނޑި ދެމުން ގެންދާ ހަމަލާތަކުގައި 73،000އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މީގެ ތެރޭގައި 20،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި އެކި ބަލިތަކުގައި ވެސް ފަލަސްތީނުގެ ރައްޔިތުން ދުނިޔެ ދޫކޮށްފައިވެ އެވެ.

16 ދުވަސް ކުރިން

25 ދުވަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން
-4d363154.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން