-8402fff9.png)
ސައިފުﷲ އަލީ

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި މަދިރި އާލާވުން އިތުރުވުމާ ގުޅިގެން، މަދިރި ނައްތާލުމަށްޓަކައި ފޮގް ކުރުމުގެ ހާއްސަ ހަރަކާތެއް ވަގުތުން ފެށުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި ހަރަކާތް ފެށުމަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި މަދިރި ގިނަވަމުންދާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުންތަކެއް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ޑެންގޫ ހުމުގެ ނުރައްކާ ބޮޑުވަމުންދާކަން ހާމަކުރައްވަމުން ޒަހިއްޔާ ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޑެންގޫގެ 374 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު 2183 އަށް ވަނީ އިތުރުވެފައެވެ. މަދިރިއަކީ ފުރާނައަށް ނުރައްކާތެރި ބަލިތައް ފަތުރާ އެއްޗަކަށް ވުމުން، އަވައްޓެރި ސްރީލަންކާގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖޭގައިވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް ދޭއްގައި އުސް އިމާރާތްތައް ގިނަވުމާއެކު، އެ ސަރަހައްދުތަކުގައި ފޮގް ކުރުމުގެ މަސައްކަތް ހަރުދަނާކޮށް ކުރިއަށް ގެންދަން ޖެހޭކަމަށް ކައުންސިލްގެ ބައްދަލުވުމުގައި ޒަހިއްޔާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށް ވުމާއެކު، މި ހަރަކާތް ހުޅުމާލޭގެ އިތުރުން މާލެ އާއި ވިލިމާލޭގައި ވެސް ކުރިއަށް ގެންދިއުމަށް އޭނާ ހުށަހެޅުއްވިއެވެ. މި ހުށަހެޅުމާ އެއްގޮތަށް މުޅި މާލެ ސަރަހައްދުގައި މަދިރި މަދުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން
-9933aaea.jpg)
3 މަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން