-8402fff9.png)
ސައިފުﷲ އަލީ

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް --- ފޮޓޯ: ހުރިހާ
ހުޅުމާލެ ފޭސް 1 ގައި އާންމުންނަށް ބިރުވެރިކަން އުފެދޭގޮތަށް ކުރީ ފުރޮޅު ހިއްލަމުން ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ އުޅަނދު ދުއްވި މީހާ ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 22:30 އެހައިކަންހާއިރުއެވެ. ހުޅުމާލޭ ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ މި ސައިކަލު ދުއްވާފައިވަނީ ވަރަށް ނުރައްކާތެރިކޮށް، ކުރީ ފުރޮޅު ހިއްލައިގެން ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ އުޅަނދު ޓޯކޮށްފައެވެ. އަދި އެ ވަގުތު ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެން މީހާ ހުއްޓުވައި، ޤާނޫނީ މިންގަނޑުތަކުގެ ތެރެއިން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމުންނަށް ނުރައްކާތެރިވާގޮތަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ޚާއްޞަ ސަމާލުކަމެއްދީގެން ފުލުހުން ދަނީ މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން