-8402fff9.png)
އައިޝަތު ހިދާޔާ

މާލެ ސިޓީއަކީ ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީވެސް ނުހަނު މުހިންމު ފިޔަވަޅެއް ކަމަށާއި، މާލެ ސާފުކޮށް ބޭއްވުމުގެ ޒިންމާ އެންމެން އެކަތިގަނޑަކަށް ވެގެން ނެގުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ
މޭޔަރު އާޒިމް މިހެން ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަގްވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިންނެވެ.
މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)، ސްކައުޓް އެސޯސިއޭޝަން، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ) އަދި ކްލީން މޯލްޑިވްސް އިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
މި ހަރަކާތް ފައްޓަވާދެއްވަމުން މޭޔަރު ވިދާޅުވީ، މާލެ ސިޓީއަކީ ސާފުތާހިރު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން އަބަދުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސާފުތާހިރުކަން ފެށިގެން އަންނަނީ ދުވަހުން ދުވަހަށް އަޅުގަނޑުމެން އަށަގަންނުވާ އާދަކާދަތަކުގެ ތެރެއިން ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި، ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ މުހިންމުކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ގޭބިސީތަކާއި މަގުތަކުގެ އިތުރުން އާންމު ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.
"ސާފު ސިޓީއަކަށް ހެދުމަށް ކޮންމެ ފިޔަވަޅަކީވެސް ވަރަށް މުހިންމު ފިޔަވަޅެއް. މާލެ ސިޓީ ކައުންސިލުން އެދެނީ ރައްޔިތުންނާއި، ވިޔަފާރިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން މި ސިޓީ ސާފުތާހިރުކޮށް ބޭއްވުމުގެ ޒިންމާ އެކަތިގަނޑަކަށް ވެގެން އެކުގައި ނެގުން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-fa41261d.jpg)
4 މަސް ކުރިން

4 މަސް ކުރިން
-30455362.jpg)
4 މަސް ކުރިން
-88e0eff2.jpg)
4 މަސް ކުރިން