-8402fff9.png)
ސައިފުﷲ އަލީ
-edd18f9c.jpg)
އެމްޑީޕީގެ ވެރިކަމުގައި އިޒްރޭލަށް ތާއީދުކުރާ ހާރިޖީ ސިޔާސަތެއް ގެންގުޅުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ.
އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް އެ ޕާޓީން އަބަދުވެސް ކުށްވެރިކުރާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށްޓަކައި އެމްޑީޕީ އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ރައީސް މުއިއްޒު އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ކޮންމެ ދައުރެއްގައި ވެސް ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ ވިސްނުމާ މުޅިން ހިލާފު، އިޒްރޭލަށް ފަހި ހާރިޖީ ސިޔާސަތެއް ކަމަށެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ރާއްޖެ އާއި އަރަބި އަދި އިސްލާމީ ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވެ، ދިވެހިންގެ ސަގާފަތާއި އަގީދާއާ ބީރައްޓެހި ހާރިޖީ ސިޔާސަތެއް ތަންފީޒު ކުރެވުނު ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް ނަޝީދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
"ކާކުތޯ އިޒްރޭލަށް ތާއީދުކުރާނީ. އަޅުގަނޑުމެންގެ ޓީވީތަކުން އެ ފެންނަމުންދާ މަންޒަރުތައް. އިޒްރޭލު ސަރުކާރުގެ ލާއިންސާނީ އަމަލުތައް ކާކުތޯ ހަނދާން ނެތޭނީ. ކާކުތޯ އިޒްރޭލަށް ތާއީދުކުރާނީ. އެމްޑީޕީއެއް ނުކުރާނެ. އިޒްރޭލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ތެދުވެ ތިބޭނީ މިނިވަން ކަމަށްޓަކައި ތާއަބަދު މަސައްކަތް ކުރަމުންދާ ފަލަސްތީން ރައްޔިތުންނާ އެކީގައި،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަކީ އެއްވެސް ބަޔަކު ހަނދާން ނެތޭނެ ކަންކަމެއް ނޫނެވެ. އަދި އެމްޑީޕީން ދުވަހަކުވެސް އިޒްރޭލަށް ތާއީދުކުރާ ސިޔާސަތެއް ނުގެންގުޅޭނެ ކަމަށާއި، އެ ޕާޓީ އަބަދުވެސް މަސައްކަތްކުރާނީ މިނިވަންކަމަށްޓަކައި ގުރުބާންވަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

19 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-230bf2e2.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން