-8402fff9.png)

ރަސްމާލެ ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު މިކަން ހާމަކުރެއްވީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައިދެއްކެވި ވާހަކަފުޅުގައެވެ.
ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ ރަސްމާލެ މަޝްރޫޢާމެދު ދެކޭ ގޮތް ބެލުމަށް އާންމުންގެ މެދުގައި ވޯޓެއް ނެގުމަށެވެ. އަދި އެފަދަ ވޯޓަކަށް ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ އެ މަޝްރޫޢު ހުއްޓުވުމަށް މުޒާހަރާ ކުރުމަށްވެސް ގަރާރުގައި ގޮވާލާފައިވެއެވެ.
މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާހެން ގިނަ މެންބަރުން ވަނީ އެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި އެންމެންނަކީވެސް ބޭރުން އައިސް ވަޒަންވެރިވެގެން އުފެދިފައިވާ އާބާދީއެއްގެ ދަރިން ކަމަށާއި، އެފަދަ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތާރީޚީ މިސާލެއް ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީގެ 300 އަހަރު ކުރިން ރާއްޖެއަށް އައި ތިން ނާގެ ތެރެއިން އެއް ނާ މަޑުކުރީ ހޯރަފުށީގައި ކަމަށާއި އަނެއް ނާ ދިޔައީ ދުވާފަރަށް ކަމަށެވެ. އަދި 100 އަހަރު ވުމުން ވެގެންދާނެ ގޮތާމެދު ވިސްނާލެވުނު ކަމަށާއި، ސަރުކާރުގެ އެ ނިންމުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

3 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-3186f67e.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން