-8402fff9.png)
ފާތިމަތު މިޝްކާ

ކަނޑުމަތީގެ ނުރައްކާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި ކަނޑުމަތީގެ ސަލާމަތަށް ގޮންޖެހުންތަކުން ސަލާމަތް ހޯދުމަށް ދެކުނު އެފްރިކާއިން "ބްލޫ އިކޮނޮމީ" ނުވަތަ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދަކަށް އިސްކަން ދިނުމަށް ނިންމައިފި އެވެ.
ކަނޑުފޭރުމާއި، ވަގުފާރިއާއި، ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ފަދަ ނުރައްކާތަކުގެ ސަބަބުން، ދެކުނު އެފްރިކާއިން ވަނީ އެ ގައުމުގެ ކަނޑުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގެ މަސައްކަތްތަކާ ގުޅުވާލާފައެވެ.
މިގޮތުން ކަނޑުން ލިބޭ ނަފާ އިތުރުކޮށް ހަރުދަނާކުރުމަށްޓަކައި، ބައިނަލްއަގްވާމީ ވިޔަފާރީގެ މައި ހަބުތައް ކަމުގައިވާ ޑާބަން އާއި ކޭޕް ޓައުންގެ ބަނދަރުތަކުގެ އިންފްރާސްޓްރަކްޗަރާއި އުޅަނދުފަހަރު މަރާމާތުކުރާ ތަންތަން އެ ގައުމުން އަންނަނީ ތަރައްގީ ކުރަމުންނެވެ. އަދި "ކޯސްޓަލް އޭރިއާ" ނުވަތަ އައްސޭރިފަށުގެ ރަށްތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މަސް އާލާކުރުމާއި މަސް ބަންދުކުރާ ސިނާއަތްތަކަށް އެ ގައުމުން ދަނީ އިންވެސްޓް ކުރަމުންނެވެ.
މީގެ އިތުރުން، މަހުގެ ނަސްލު އިތުރުކުރުމަށާއި އައްސޭރިފަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރަހައްދީ ފެންވަރުގައި، ދެކުނު އެފްރިކާއިން ދަނީ އަވަށްޓެރި އެފްރިކާގެ ގައުމުތަކާ ގުޅިގެން، ކަނޑުމަތީގެ ކުށްތައް ހުއްޓުވުމަށްޓަކައި އެކިކަހަލަ ޕެޓްރޯލްތައް ހިންގައި މިކަމާއި ގުޅުން ހުރި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަމުންނެވެ.
މިދިޔަ މެއި މަހު އެންގޯލާގެ ލުއަންޑާގައި ބޭއްވުނު "ބެންގުއެލާ ކަރަންޓް ކޮންވެންޝަން" ގެ 7 ވަނަ މިނިސްޓީރިއަލް ކޮންފަރެންސްގައި ވާހަކަދައްކަވަމުން، ދެކުނު އެފްރިކާގެ ކުރީގެ ފޮރެސްޓްރީ، ފިޝަރީޒް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ވިލީ އޯކަމްޕް ވަނީ، ގުޅިފައިވާ ދިރާސާތަކާއި ވަސީލަތްތައް ހިއްސާކުރުމުގެ ތެރެއިން ސައިންޓިފިކް އެއްބާރުލުން އިތުރުކުރުމަށް އެ ޤައުމުން ދޭ ސަމާލުކަމަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން ދެމެހެއްޓެނިވި އިގްތިސާދާއި ރީޖަނަލް ކެޕޭސިޓީ އިތުރުކުރުމާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލެއްވި އެވެ. އަދި ކުރިއަރަމުން އަންނަ މެރިޓައިމް ސިނާއަތްތަކުން ސައިންޓިފިކް ހެކިތައް މައްޗަށް ބިނާކޮށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ.
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން