-8402fff9.png)
ފާތިމަތު މިޝްކާ

އިންޑިޔާގެ ޓީޗަރަކު ދަރިވަރުންތަކަކާއެކީ
އިންޑިޔާގައި ޓީޗަރުންގެ އަގުވަޒަން ކުރުމަށް ގައުމީ ޓީޗަރުންގެ އެވޯޑުގެ ނަމުގައި ހާއްސަ އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.
އެގައުމުގެ ރައީސާ ދްރޫޕަދީ މުރްމޫ މިކަން ހާމަކުރައްވައި ވިދާޅުވީ 48 ޓީޗަރަކަށް މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އެވޯޑަކީ އެ ގައުމުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދޭ އެވޯޑަކަށް ވާތީ އެވޯޑު ދިނުމަށް ހަމަޖައްސާފައި ވަނީ އެ ގައުމުގެ ޓީޗަރުންގެ ދުވަސްކަމަށްވާ ސެޕްޓެމްބަރު ފަސްވަނަ ދުވަހު އެވެ.
އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެވޯޑު ލިބޭ ޓީޗަރުން ހޮވާފައިވަނީ ތިން މަރުހަލާއެއްގެ ތެރެއިންނެވެ. އެއީ ޑިސްޓްރިކްޓް ލެވެލް، ސްޓޭޓް ލެވެލް އަދި ނޭޝަނަލް ލެވެލްއަށް ބަހާލައިގެންކަމަށް މިނިސްޓްރީއިން ހާމަކޮށްފައިވެ އެވެ.
މި 48 ޓީޗަރުންނަކީ 27 ސްޓޭޓަކަށް ނިސްބަތްވާ ޓީޗަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 26 ފިރިހެން ޓީޗަރުންނާއި 22 އަންހެން ޓީޗަރުންނެވެ.
މިއީ ސްކޫލުގެ ތައުލީމަށާއި ކުދިންގެ ތަރައްގީއަށް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްދީފައިވާ ޓީޗަރުން ފާހަގަކޮށް ހިތްވަރު ދިނުމަށް ދޭ އެވޯޑެކެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން