-8402fff9.png)
މިންހާ އަބްދުالله

އިންޑިޔާގައި ކުރިއަށް ދިޔަ މުޒާހަރާތަކުގެ ތެރެއިން
އިމްތިހާނު ކަރުދާސް ލީކުކޮށްފިނަމަ 10 އަހަރަށް ޖަލަށް ލައި 1 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނު އިސްލާހުކޮށްފި އެވެ.
އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ އަޕަރ ހައުސްއިން އިމްތިހާނުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ފާސްކޮށްފައިވަނީ މުޅި އިންޑިޔާގައި އެ ގައުމުގެ ދަރިވަރުންނާއި ޒުވާނުން ކުރިއަށް ގެންދިޔަ މުޒާހަރާތަކަށްފަހުގަ އެވެ. މި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެ ގައުމުގެ ޒުވާނުންނާއި ދަރިވަރުން އިސްވެ ތިބެ އުފެއްދި "ކޮކްރޯޗް" ނުވަތަ ކުރަފި ޕާޓީއިންނެވެ.
އިމްތިހާނު ކަރުދާސް ލީކުވުން ހުއްޓުވުމަށް މީގެ ދެ އަހަރު ކުރިން އެކުލަވައިލި "ޕަބްލިކް އެގްޒެމިނޭޝަންސް (ޕްރިވެންޝަން އޮފް އަންފެއަރ މީންސް) އެމެންޑްމަންޓް" ގާނޫނަށް ހުށަހެޅި އިސްލާހުތަކުގައި ވަނީ އިމްތިހާނުތަކުގެ ނިޒާމު އިސްލާހުކުރުމަށްޓަކައި އެފަދަ ކުށްތަކަށް ދެވޭ އަދަބުތައް އިތުރަށް ހަރުކަށިކޮށް، ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށެވެ.
މުޒާހަރާތަކުގެ ބައިވެރިންނާ ވާހަކަދައްކައި ނުވަތަ "ނެގޯޝިއޭޓް"ކުރި މިނިސްޓަރަކާ ހަވާލާދީ އަޕަރ ހައުސްގެ މެމްބަރަކު ވިދާޅުވީ މިއީ ކޮންމެ ބެލެނިވެރިއަކާ ކޮންމެ އާއިލާއެއް އަދި ގައުމުގެ ކޮންމެ ރައްޔިތަކާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި މިކަމުގެ ގެއްލުން މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށާއި އެއީ މިކަން ތަހައްމަލުކުރަންޖެހޭ ދަރިވަރުންނަކީ ގައުމުގެ މުސްތަގުބަލުކަން ފާހަގަކޮށްފައިވެ އެވެ.
ގާނޫނަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އެ ގައުމުގެ ރައީސް މި ބިލު ތަސްދީގުކުރެއްވުމުންނެވެ.
ދަރިވަރުންގެ މުޒާހަރާތަކުގެ ސަބަބުން ކުރިމަތި ޕްރެޝަރާ ހުރެ އެގައުމުގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވާފައިވެ އެވެ. ފާއިތުވި 11 އަހަރުތެރޭ 140އަށްވުރެ ގިނަ އިމްތިހާނު ކަރުދާސް ލީކުވެފައިވާއިރު މި ފަހަރުގެ ކަރުދާސް ލީކުވުމުގެ ސަބަބުން އެކަނިވެސް 22 ލައްކަ ދަރިވަރުންގެ އިމްތިހާން ވަނީ ކެންސަލް ވެފަ އެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން