-8402fff9.png)
ސައިފުﷲ އަލީ

މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމުތަކާއި ލިޔެކިޔުންތައް ބަލައިގަތުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދަމު 12:00 ކަމަށެވެ. މީގެ އިތުރުން، ފޯމުތައް ބަލައިގަންނަމުންދާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ. މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އިގުރާރު ފަދަ ލިޔެކިޔުންތައް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
އާހިދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ 2021 ސެޕްޓެމްބަރު 6 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ކަންކަން މޮނިޓަރުކޮށް، ގާނޫނު ތަންފީޒުކުރުމެވެ. ދައުރު ހަމަވުމާ ގުޅިގެން އާ ކޮމިޝަނަރަކު އައްޔަންކުރުމުގެ މަސައްކަތް ރައީސް އޮފީހުން ފަށާފައި މިވަނީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކުގެ ދަށުންނެވެ.

15 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
-9ae31807.jpg)
4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން