-8402fff9.png)

ރައީސް އޮފީސް --
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ނޮވެްބަރު 11ވަނަ ދުވަހަކީ ޖުމްހޫރީ ދުވަހެވެ. އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް, އެ ދުވަހާ ޖެހިގެން އަންނަ ނޮވެމްބަރު 12ވާ ބުރަސްފަތި ދުވަހަކީ ރަސްމީ ދުވަހެކެވެ.
އެހެންކަމުން ހަފުތާ ބަންދާ ގުޅިގެން ނޮވެމްބަރު 11އާއެކު ނޮވެމްބަރު 12ވަނަ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
ރައީސް އޮފީހުން ބުނީ މި ނިންމުން ނިންމީ , ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.
ނޮވެމްބަރު 11ވަނަ ދުވަހަކީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމްކުރުން ފާހަގަކުރާ ދުވަހެވެ. މިއީ ކުލަގަދަކޮށް ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހެކެވެ.

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-9ae31807.jpg)
4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން