-8402fff9.png)
އައިޝަތު ހިދާޔާ

މީގެ ކުރިން ބޭއްވި އަހާ ފޯރަމްގެ ބައްދަލުވުމެއްގެ ތެރެއިން
އާންމުންނަށް ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތުދިނުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ބައްދަލުވުމެއް މިރޭ އޮންނާނެ އެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އާލީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.
މިއީ ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދަ ޕްރޮގްރަމެކެވެ.
ފޯރަމް ފެށޭނީ މިރޭ 9:00 ގަ އެވެ. ފޯރަމުގައި ބައިވެރިވެ ބޭނުންވާ ސުވާލު ކުރުމަށް ދައުލަތުގެ މީޑިއާއިން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ޕީއެސްއެމްގެ އެޕްލިކޭޝަން މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ އިތުރުން ފޯރަމަށް ހާޒިރުވެގެން ވެސް ވަޒީރުންނާއި ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ އެވެ.
މިއީ ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫއުތަކާއި މިނިސްޓްރީތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދީ އެކަމުގެ މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ފޯރަމެކެވެ.

15 ދުވަސް ކުރިން

25 ދުވަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-9ae31807.jpg)
4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން