-8402fff9.png)

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ހެލްތު މިނިސްޓްރީ ގުޅިގެން އާންމުކުރި ވައިޓަލް ސްޓެޓިސްޓިކްސް މައުލޫމާތުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި 1,399 މީހުން ވަނީ މަރުވެފައެވެ.
އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 830 ފިރިހެނުންނާއި 569 އަންހެނުންނެވެ. މި މައުލޫމާތަކީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ މަރުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެކެވެ.
އެ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި 161 ބިދޭސީއަކު މިދިޔަ އަހަރު ވަނީ މަރުވެފައެވެ. އަދި ރާއްޖެއިން ބޭރުގައި 28 ދިވެހިން މަރުވި ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެންމެ ގިނަ މީހުން މަރުވެފައިވަނީ މާލޭގައެވެ. މާލޭގައި 830 މީހުން މަރުވި އިރު، އަތޮޅުތެރޭގެ ރަށްރަށުގައި މަރުވީ 569 މީހުންނެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވީ އައްޑޫ އަތޮޅުގައެވެ. އައްޑޫ އަތޮޅުން 97 މީހުން މަރުވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ހދ. އަތޮޅުގައި މަރުވީ 74 މީހުންނެވެ.
އުމުރުފުރާތަކަށް ބަލާއިރު، އެއް އަހަރުން ދަށުގެ 70 ކުއްޖަކު މިދިޔަ އަހަރު ވަނީ މަރުވެފައެވެ. އަދި ފަސް އަހަރުން ދަށުގެ 75 ކުއްޖަކު މަރުވެފައިވާއިރު، ވިހެއުމުގެ ތެރޭގައި ފަސް މަންމައަކު ވަނީ މަރުވެފައެވެ.
ވައިޓަލް ސްޓެޓިސްޓިކްސްގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި ޖުމްލަ 5,625 ކުދިން ވަނީ އުފަންވެފައެވެ.
އުފަންވި ކުދިންގެ ތެރޭގައި ހިމެނެނީ 2,835 ފިރިހެން ކުދިންނާއި 2,789 އަންހެން ކުދިންނެވެ. މީގެ އިތުރުން ޖިންސް ކަށަވަރުނުވާ އެއް ކުއްޖަކު އުފަންވި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެކަމުގެ ސަބަބެއް އެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.
14 ދުވަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން