-8402fff9.png)
އައިޝަތު ހިދާޔާ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށްޓަކައި، ކުޑަކުދިންނާ ގުޅޭގޮތުން އެކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހާއްސަ ބައްދަލުވުމެއް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެންބާއްވައިފިއެވެ.
އެ ވުޒާރާއިން ބުނީ, މި ބައްދަލުވުމަކީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށާއި، އެކުދިންގެ ރައްކާތެރިކަމާއި ޒިންމާތަކާ ގުޅޭގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ކުދިންގެ އަޑު އަހައި، އެކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކުދިންނަށް މިނިވަންކަމާއެކު ހިޔާލު ފާޅުކުރެވޭނެ ފަދަ ކުޑަކުދިންނާ ރަޙުމަތްތެރި މާހައުލެއްގައި ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ, މި މަޝްވަރާ ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން، އަތޮޅުތެރޭގެ އެކި ސްކޫލްތަކުންގެ ދަރިވަރުން ބައިވެރިވެފައި ވާކަމަށެވެ. އަދި ޤާނޫނުގައި ހިމެނޭ އެކި މާއްދާތަކާ ގުޅޭގޮތުންނާއި، ކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި، ކުދިންގެ ރައްކާތެރިކަމާއި ޒިންމާތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުދިން ދެކޭގޮތް މި ބައްދަލުވުމުގައި ހިއްސާކޮސްފައި ވާކަމަށް ވެސް އެ ވިޒާރާއިން ބުންޏެވެ.
މިފަދަ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލުމުގައި އެކުދިންގެ ވިސްނުމާއި ހިޔާލުތަކަށް އިސްކަންދީ، ކުދިންގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތްކުރުން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ބައްދަލުވުމުން ލިބުނު މައުލޫމާތާއި ހިޔާލުތަކަށް ބިނާކޮށް، ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
14 ދުވަސް ކުރިން

19 ދުވަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން