-8402fff9.png)
ސައިފުﷲ އަލީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ކުންފުންޏާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ މަސްކިރާ ދޯނިފަހަރަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މެންދުރުފަހު މިފްކޯގެ ހެޑް އޮފީހުގައެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސްއެވެ. އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާންއެވެ.
މި އެއްބަސްވުމުގެ ދަށުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ދޫކުރާނެއެވެ. އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މި ސެންޓަރުތަކުން ތެޔޮ ދޫކުރާނީ މިފްކޯއަށް މަސްކިރުވާ ދޯނިފަހަރަށެވެ.
މި އިންތިޒާމުގެ ދަށުން މަސްވެރިންނަށް ތެޔޮ ލިބޭނީ މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ހުށަހެޅުމުންނެވެ. ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ.
މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެއެވެ. ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
މިއީ މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިންގެ ފަރާތުން ހުށަހެޅި އެންމެ މުހިންމު އެއް ކަންތައްވެސް މެއެވެ. މި އާ އިންތިޒާމާއެކު މަސްވެރިންނަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
26 ދުވަސް ކުރިން
-f2d6e48d.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން