-8402fff9.png)
ސައިފުﷲ އަލީ
-f2d6e48d.jpg)
އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ.
މިފްކޯއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ނިންމެވި ނިންމެވުމަކާއެކު އެގްރޯނެޓް ވަނީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.
މިފްކޯއިން ބުނީ ސިނާން އެމްޑީ ކަމަށް އައްޔަންކުރީ މިއަދު ކަމަށެވެ. އަދި އެގްރޯނެޓްގެ ޗެއާމާން ކަމަށް މިފްކޯގެ އެމްޑީ މުހައްމަދު އަނަސް ވަނީ އައްޔަންކޮށްފައެވެ.
މިފްކޯއިން ބުނީ އެގްރޯ ނެޓްގެ ހިންގުމަށް މި ގެނެވުނު ބަދަލާއެކު އެ ކުންފުންޏަށް އާ ފެށުމަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް 2020 ވަނަ އަހަރު އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ.
އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ، ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމައަގު ހޯދައިދިނުމާއި ބާޒާރަށް ނެރެދިނުމެވެ.

3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން
-4c939dd4.jpg)
4 މަސް ކުރިން
-3e9eb220.jpg)
4 މަސް ކުރިން
-2d4de3c6.jpeg)
5 މަސް ކުރިން

5 މަސް ކުރިން
-0c10467d.jpg)
5 މަސް ކުރިން