-8402fff9.png)
އައިޝަތު ހިދާޔާ
މިއަހަރުގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަން ހަމަޖެހިފައިވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބާއްވަނީ ދިވެހިބަހުގެ އެކެޑަމީއާއި ފިޝަރީސް މިނިސްޓްރީ ގުޅިގެންނެވެ. މިނިސްޓްރީން ބުނީ, މި މުބާރަތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އިތުރު ކުރުން ކަމަށެވެ. އަދި ދިވެހިބަހުން ވާހަކަދެއްކުންތެރިކަމަށް ޝައުގުވެރިކުރުވައި އޮއްޓަރު ހުރި ގޮތެއްގައި ކަންކަމާމެދު ވިސްނުމަކީ ވެސް މި މުބާރާތުގެ މަގުސަދެއް ކަމަށް މިިނިސްޓްރީން ބުންޏެވެ.
މި ބަހުސް މުބާރާތުގެ މައުލޫއަކީ "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މިއެވެ. މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން އިން ހަތްވަނަ ދުވަހާ ހަމައަށެވެ.
މި މުބާރާތުގައި އަމިއްލަ ފަރާތްތަކަށާއި, އޮފީސް, ކުންފުނި, ކުލަބު އަދި ޖަމިއްޔާތަކަށް ވެސް ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ވެސް މަދުވެގެން ތިން ބައިވެރިން ތބެންޖެހޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ލިންކެއް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ފުރޭނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފަހު ދުވަހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 14:00ގެ ކުރިއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން