-8402fff9.png)
ފާތިމަތު މިޝްކާ

ތަމްރީން ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ގާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރަށްރަށުގައި އަލަށް ގާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް އަމަލީ ގޮތުން ހިންގާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި ރ. އަތޮޅާއި ބ. އަތޮޅުގެ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓެލްކޯ އަދި ފެނަކަ ހެޑް އޮފީހުގެ ޓީމުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އަލަށް ތައާރަފުކުރެވުނު ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް، ދިމާވެދާނެ މައްސަލަތައް ހައްލުކުރުމުގެ ޢަމަލީ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ދިވެހި މުވައްޒަފުންނަށް ހޯދައިދިނުންކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރެ އެވެ.
މިފަދަ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

4 މަސް ކުރިން