-8402fff9.png)
ފާތިމަތު މިޝްކާ

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްއާ ދެމެދު ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށްޓަކައި އެއްބަސްވުމުގެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމެވެ.
މި މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި:
· ރާއްޖޭގެ 'ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން' މުރާޖަޢާކޮށް، ޒަމާނާ އެއްގޮތަށް އަދާހަމަކުރުން.
· ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ސީ.ބީ.ޑީ) އަށް ރާއްޖެއިން ހުށަހަޅަންޖެހޭ 7 ވަނަ ޤައުމީ ރިޕޯޓު ތައްޔާރުކުރުން.
· ތިމާވެށީގެ ދިރުންތައް ހިމާޔަތްކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމާއި ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރިއަށް ގެންދިއުމަށް 'ބަޔޯޑައިވަރސިޓީ ފައިނޭންސިންގ ޕްލޭން' އެކުލަވާލުން.
މި އެއްބަސްވުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، ދުނިޔޭގެ ފެންވަރުގައި ތިމާވެއްޓަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް މިނިސްޓްރީއިން ބުނެ އެވެ.
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން