-8402fff9.png)
އައިޝަތު ހިދާޔާ

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލްޓީއަކުން ފަރުވާދޭން އިއްޔެ ފަށައިފިއެވެ.
އެ ހޮސްޕިޓަލަށް އަލަށް ތައާރަފުކުރި ސްޕެޝަލްޓީ ޚިދުމަތްތަކަކީ , ގެސްޓްރޯއެންޓްރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލޮޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ޚިދުމަތްތަކެވެ. މި ޚިދުމަތްތައް އިފުތިތާހުކޮށްދެއްވީ ސިއްޙަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީ އެވެ.
މި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ އަލަށް މި ޚިދުމަތްތައް ދިނުމަށް ގާއިމުކުރެވުނު ތަންތަނަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ވަސީލަތްތައް ބައްލަވާލައްވާފަ.
މި އައު ޚިދުމަތްތަކާއެކު، ސްޕެޝަލިސްޓް ފަރުވާ ހޯދުމަށް ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލަކީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުން ދޭ ފަރުވަތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުނ ް ދަނީ ކުރަމުންނެވެ.

22 ދުވަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން