-8402fff9.png)

ޢާލިމް އަބްދުއްލަތީފް

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި މިރޭ ވަނީ އެކްސިޑެންޓެއް ހިނގައިފައި — ނުކުތާ ފޮޓޯ: ޝާވިން
ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގައިފައިވަނީ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތިންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ. ސައިކަލު ދުއްވަން އިނީ ދިވެހި ޒުވާން ފިރިހެނެކެވެ. އޭނާ ދުއްވީ ސްކޫޕީ ސައިކަލެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެނގިފައިވާ ގޮތުގައި ކާރު ދުއްވަން އިން މީހާގެ ލައިސެންސެއް ނެތެވެ.
ސައިކަލު ދުއްވަން އިން ޒުވާނާގެ ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. ހަމަ އެ ވަގުތު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް, "ނުކުތާ"އަށް ކަށަވަރުވެފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަތާ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ތެރޭ އޭނާ ވަނީ ނިޔާވެފައެވެެ.
އެނގިފައިވާ ގޮތުގައި އޭނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.
ސައިކަލުގެ ފަހަތުގައި ވެސް ޒުވާނަކު އިންކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް, އޭނާއަށް މާ ބޮޑެތި އަނިޔާތަކެއް ނުވެއެވެ.
ރޭ މާލޭގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައެވެ. އެ އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން