-8402fff9.png)

ކަލާފާނު ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ކަލާފާނު ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާން ކުރީ، އެ ސްކޫލުގެ ޕްރިންސިޕަލް ނާޒުލީން ވާފިރު ރިޓަޔާ ކުރެއްވުމުންނެވެ.
މިނިސްޓްރީން ބުނީ, ކަލާފާނު ސްކޫލުގެ ޕްރިންސިޕަލުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ލިޔެކިޔުންތައް އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ, އެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓުކުރާނެކަމަށެވެ. މި ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބަލާނީ އަސާސީ ޝަރުތުތަކާއި ކިޔަވައިދިނުމާއި ހިންގުމުގެ ތަޖުރިބާއަށެވެ. އަދި އިންޓަވިއުއާއި ޕްރެކްޓިކަލްއަށް ވެސް ބަލާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މި އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެކަން ކުރިމަތިލާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މިކަމާ ގުޅޭ އިތުރު ތަފުސީލު ގެޒެޓުގައި މިނިސްޓްރީން ޝާއިއުކޮށްފައި ވެއެވެ.

10 ދުވަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން