-8402fff9.png)
އައިޝަތު ހިދާޔާ

ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް
ރާއްޖޭގައި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުންނަށް ހާއްސަކޮށް ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
އަށްވަނަ ޓީޗަރުންގެ ކޮންފަރެންސް ބާއްވަނީ ހުޅުމާލެ ޝަހީދު އަލީ ސްކޫލުގައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ބަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
ދެ ދުވަހަށް ބަހާލައިގެން ބާއްވާ މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިން އިނޮވޭޝަން ފޯ އޭން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗާ" އެވެ.
މިއަހަރުގެ ކޮންފަރެންސްގައި 106 ފަރަތަކުން 70ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކޮންފަރެންސްގައި މަޝްވަރާކުރެވޭނެ ދާއިރާތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް, ސްޓެމް އެޑިއުކޭޝަން, އެސެސްމަންޓް އިންކްލޫޝަން, ޓީޗަރުން ތަމްރީނުކުރުން, ބަސް, ދަރިވަރުންގެ ދުޅަހެޔޮކަން ފަދަ މައުލޫތައް ހިމެނެއެވެ. ކީނޯޓް ހުށަހަޅާ ކީނޯޓް ސްޕީކަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ, ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތް އޭޝިއާގެ މެނޭޖިން ޑިރެކްޓަރު އަރުން ރާޖަމަނީ އާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީއެވެ.
މިފަދަ ކޮންފަރެންސެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ފަންނީ ބޭފުޅުންގެ މެދުގައި ދިރާސާ ކުރުމުގެ ސަހާފަތެއް އާލާކުރުން ކަމަށް މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ތައުލީމީ ދއިރާގައި މަސައްކަތްކުރާ ފަރަތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅިގެން މަޝްވަރާ ކުރުމަކީ ވެސް މި ކޮންފަރެންސްގެ މަގުސަދެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެކުރިން ބޭއްވި މިފަދަ ކޮންފަރެންސްތަކުގައި ވެސް ތައުލީމީ ދާއިރާގައި ހުރި ަކންބޮޑުވުންތަކުގެ މައްޗަށް ވަނީ ފުޅާ ދާއިރާއރެއްގައި މަޝްވަރާ ކޮށްފައެވެ. މިއީ 2021ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮންފަރެންސެކެވެ.

10 ދުވަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން