-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގެ ދަރިވަރުންނަށް 2024ވަނަ އަހަރު ތައާރަފު ކުރި ގައުމިއްޔަތު މާއްދާއަށް އަންނަ އަހަރުން ފެށިގެން ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މި މައްދާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދަރިވަރުންނަށް ގައުމިއްޔަތާއި ސަގާފަތް އުނގަންނައިދިނުމަށް ތައާރަފު ކުރި މާއްދާއެކެވެ. މި މާއްދާއަށް ގެންނަ ބަދަލުތަކާ ގުޅިގެން "އަހާ" ފޯރަމްގައި ވާހަކަދައްވަމުން މިނިސްޓަރު ވިދާޅުވީ, 2024ވަނަ އަހަރުން ފެށިގެން މި މާއްދާ އެކި ކީސްޓޭޖްތަކަށް ތައާރަފު ކުރަމުން ގެންދާކަމަށެވެ.
އެގޮތުން, ކީސްޓޭޖް އެކެއް, ދޭއް އަދި ތިނަކަށް މިހާރު މި މާއްދާ ތައާރަފު ކުރެވިފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ, މި މާއްދާއަށް އަންނަ އަހަރު ކުދި ބަދަލުތަކެއް ގެންނަން ގަސްތުކޮށްފައި ވާކަމަށެވެ.
"ގައުމިއްޔަތުގެ މާއްދާއަށް ގެންނަ ބަދަލުގެ ތެރޭގައި ގައުމިއްޔަތާއި އަހުލާގު ހިމެނޭގޮތަށް އަޅުގަނޑުމެންނަށް މި ލިބުނު މައުލޫމާތުގެ އަލީގައި އިރާދަކުރެއްވިޔާ މިއަންނަ އަހަރުންގެ ފެށިގެން ކުދި ބަދަލުތައް ގެނެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގައުމިއްޔަތުގެ މާއްދާގެ ތެރޭގައި ދިވެހި ކާބަފައިގެން ވާހަކައާއި ދިވެހި ގައުމުގެ މުހިންމު ބަހާތަކާއި އަދި ހަމަ އެއާއެކުގައި ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު ރިވެތި އަހުލާގާއި ސުލޫކު ހިމެނޭ ގޮތަށް އޭގެތެރެއަށް އިންޓަގްރޭޓް ކުރުމަށް ވިސްނާ ވާހަކަ ވެސް ދަންނަވަން," މިނިސްޓރަު ވިދާޅުވިއެވެ.
މީގެއިތުރުން, ކާބަފައިންގެ ފަރާތުން ވާރުތަކޮށްފައިވާ ރިވެތި އާދަތައް ގައުމުގެ މުހިންމު ބަހާތައް ހިމެނޭ ގޮތަށް މިހާރު "ބިންގާ" ޕްރޮގްރާމެއް ވެސް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ, މިހާތަނަށް 200 ސްކޫލެއްގައި 15,000އަށްވުރެ ގިނަ ދަރިވަރުންނަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ.

2 މަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން