-8402fff9.png)
ސައިފުﷲ އަލީ

BML CEO SHAREEF
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދިވެހި ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ ތެރެއިން ދެއްކި ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބީއެމްއެލްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި މިކަމާ ގުޅުވައިގެން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ ސަރުކާރުން މި ދަރަނި އަދާކުރުމަށް އެ ބޭންކުން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށާއި، އޭގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ސަރުކާރުން ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިން އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ބޭންކުން ވަނީ ސާފުކޮށްދީފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ހަމަޖެއްސި ފައިސާ އެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީބިލް ފެސިލިޓީ އެއްކޮށް ޚަލާސްކުރުމަށް ދެއްކި ފައިސާއެވެ. މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި އެ ބޭންކަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެކެވެ. ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު މެނޭޖްމަންޓާއި ބޯޑުން މެދުނުކެނޑި މޮނިޓަރު ކުރަމުންދާއިރު، ސަރުކާރުގެ މުއާމަލާތުގެ ސަބަބުން ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތަކަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.
މާލީ ނިޒާމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ ކަސްޓަމަރުންނާއި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެހެންކަމުން، ބޭންކުގެ މާލީ ހާލަތާ ގުޅޭ ވާހަކަތައް ދެއްކެވުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، ޚާއްސަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ބޭންކުގެ އަގުވައްޓާލުމަށް ނުވަތަ ގެއްލުންވާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ބޭންކަށް ލިބިގެންވާ ކަމަށާއި، ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

10 ދުވަސް ކުރިން

15 ދުވަސް ކުރިން

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-74e273a1.jpg)
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން