-8402fff9.png)
ސައިފުﷲ އަލީ

ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް
ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ގައުމުން ފައިސާ ބަލައިގަތުމުގެ މުއާމަލާތްތައް ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވީ ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމުގެ އިންތިޒާމުތަކަށް ބީއެމްއެލްއިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން އެއްވެސް މީޑިއާއަކަށް ބަޔާނެއް ނުވަތަ މައުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ބީއެމްއެލްއިން ވަކި ޚާއްސަ ސިޔާސަތެއް ކަނޑައަޅާފައި ނުވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އެހެން ބޭންކުތަކެކޭ އެއްފަދައިން ބޭރު ފައިސާގެ މުއާމަލާތްތައް، ޚާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ.
ކޮރެސްޕޮންޑެންޓް ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށް ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ.
މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށާއި، ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މިފަދަ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތައް ފެތުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބޭންކުން ދެކޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

15 ދުވަސް ކުރިން

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-74e273a1.jpg)
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން