-8402fff9.png)
ސައިފުﷲ އަލީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ދެމުން އަންނަ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 10 ނޮވެމްބަރު ގެ ހަވީރު 14:00 އާ ހަމައަށް އާންމުކޮށް ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ހޮވޭ 2 ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް 500,000 ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް އިތުރަށް ފުޅާކުރުމަށް ފޯރުކޮށްދޭ މާލީ އެހީއެކެވެ.
މާލީ އެހީގެ އިތުރުން ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ބޭންކުން ފޯރުކޮށްދޭނެ އެވެ. އެގޮތުން ބީއެމްއެލްގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު 1 އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓް ލިބޭނެއެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމު ފަރުދުންނަށާއި އަލަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނަށް ވާންޖެހޭނެއެވެ.
ގްރާންޓަށް އެދޭ ފަރާތްތަކުން އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ވިޔަފާރި ޕްލޭނެއް ހުށަހަޅަންޖެހެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރު ގެ ހަވީރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެ އެވެ.
ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބީއެމްއެލް ސްޓާޓަޕް ގްރާންޓް އެންމެ ފުރަތަމަ ތައާރަފްކުރީ 2022 ވަނަ އަހަރުގައެވެ.

10 ދުވަސް ކުރިން

15 ދުވަސް ކުރިން

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-74e273a1.jpg)
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން