-8402fff9.png)
އައިޝަތު ހިދާޔާ

ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ހަ ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފިއެވެ.
ފުލުހުން ބުނީ މިމަހުގެ 18ވަނަ ދުވަހު ވެލާނާ އެއާޕޯޓުން ހަ ބިދޭސީއަކު އަތުލައިގަތީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފައިވަނީ ސީރިއަލް ޕެކެޓެއްގައި ބަންދުކޮށްގެން ރާއްޖޭން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރުމުގެ ތެރެއިންނެވެ.
އެއާޕޯޓުން ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމްލަ 18 ޤައުމެއްގެ ފައިސާ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މި ފައިސާގެ ޖުމްލަ އަގު ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާއަށް އަރާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަބިދޭސީންނަކީ ވެސް ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މުޙައްމަދު މައިނުއްދީން ސަލާހު އާއި 31 އަހަރުގެ ރަޖިބް އާއި 38 އަހަރުގެ މުޙައްމަދު ޢަބްދުﷲ އާއި 37 އަހަރުގެ އަޖްގަރު މިރިދާ އާއި 28 އަހަރުގެ އެމްޑީ މޮހިއްދީން ޗޯދުރީ އާއި 46 އަހަރުގެ އެމްޑީ ޝާހިން މިއާއެވެ. މި އެންމެނަށްވެސް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.
މި 6 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އެންމެންގެ ބަންދަށް 10 ދުވަހުގެ މުއްދަތަށް ދީފައެވެ.
-dcc61562.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން