-8402fff9.png)

ޢާލިމް އަބްދުއްލަތީފް

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.
"ނުކުތާ"އަށް އެނގިފައިވާގޮތުގައި އަންހެން މީހާ ވެއްޓުމުގައި ރައުދުގެ އިހުމާލެއްވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އަދި އަންހެން މީހާ ވެއްޓުނުކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ނާންގައި އެތަން ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ރައުދުގެ މައްޗަށް ފުލުހުން ތުހުމަތުކުރެއެވެ.
އެ އަންހެން މީހާ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުުނުގެ ވަގުތެއްގައެވެ.
އެ މައްސަލައިގައި ފުރަތަމަ ފަހަރަށް އާންމުކޮށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީޕީ އިސްމާއީލް ނަވީން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ތަހުގީގުގައި ރައުދު ދައްކާފައި ހުރި ވާހަކައިގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެހެން ކަމުން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަވީން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރައުދު ދިރިއުޅޭތަން ބަލާ ފާސްކޮށް، އޭނާގެ ފޯނާއި، ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ވަނީ އެ މައްސަލައާ ގުޅޭ ފުޓޭޖުތައް ވެސް އާންމުކޮށް ދައްކާފައެވެ. އެ ފުޓޭޖުން ރައުދާއި، ހާދިސާގައި އަނިޔާވި މީހާ ހ. ފެންޓެނޯއީ ގެއަށް ވަންނަ މަންޒަރު ފެނެއެވެ. އަދި އެގޭގެ ސިޑިގޮޅީގައި ދެ މީހުން އުޅޭތަނާއި، ފަހުން ރައުދު އޭނާ ގެއްލިގެން ހޯދާތަން ވެސް ފެނެއެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ މި މަންޒަރުތައް ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކާލާފައެވެ.
ފުލުހުން ބުނީ ހާދިސާ ހިނގިރޭ، ރައުދުއާއި، އަންހެން މީހާއާއެކު، އިތުރު ހަ މީހަކު 00:00ގައި މާންދޫގޭ ދެކުނުބަޔަށް ގޮސްފައިިވާ ކަމަށެވެ. އެއަށްފަހު އެތަނުން ހަތަރު މީހަކު އަމީނީމަގުގައި ހުރި ގެއަކަށް ދާކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މެންދަމު 04:00 ހާއިރު އަމީނީމަގުގައި ހުރި ގެއިން ނުކުމެ ހ. ފެންޓެނޯއީ ގެއަށް ރައުދުއާއި އަންހެން މީހާ ވަނުމަށް ފަހުއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ އިތުރު މީހުންގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން