-8402fff9.png)
ސައިފުﷲ އަލީ
-a4fd5dd1.png)
އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާއިރު، ޝައުގުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް ނަން ހުށަހެޅުމަށް ވަނީ އެދިފައެވެ. މިކަމާ ގުޅޭ މަޢުލޫމާތު ހުރިހާ ރަށެއްގެ ކައުންސިލްތަކަށް މިހާރު ވަނީ އަންގާފައެވެ.
މިނިސްޓްރީން ބުނީ ނަން ހުށަހަޅާ ރަށްރަށުގެ އަދަދަށް ބެލުމަށްފަހު، އަންނަ އަހަރުގެ ރަމަޟާން މަހަށް މާރުކޭޓު ގާއިމުކުރާނެ ވަކި ސަރަހައްދެއް ކަނޑައަޅާނެ ކަމަށެވެ. މިއަހަރުގެ ރަމަޟާން މަހު މި މާރުކޭޓު ގާއިމުކޮށްފައިވަނީ މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ކުރިން ކެފޭ ހިންގި އިމާރާތުގައެވެ.
މި ވަގުތީ މާރުކޭޓު ހިންގުމަށް މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، އެ ތަނުގައި ވިއްކޭނީ ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ އެކަންޏެވެ.
އޭގެ އިތުރުން، މި މާރުކޭޓުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާކަމެއްގެ ގޮތުގައި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
-9a7f332b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން