-8402fff9.png)
ސައިފުﷲ އަލީ
-9a7f332b.jpg)
ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އައިސްޕްލާންޓްތައް ގާއިމުކުރުމަށްޓަކައި ވުޒާރާއިން މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީކޮށް މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ކޮންމެ އައިސްޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މާގިރި ހޯޓެލްގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.
މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ދ. ހުޅުދެލި، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް، ގއ. ނިލަންދޫ، ގއ. ވިލިނގިލި، ގއ. މާމެންދޫ އަދި ގދ. ރަތަފަންދޫގައެވެ.
މި މަޝްރޫއު ކުރިއަށްދާނީ ޑިޒައިން، ބިލްޑް އަދި ސަޕްލައި އުސޫލުންނެވެ. އައިސްޕްލާންޓްތައް ބެހެއްޓުމާއި، އިކުއިޕްމަންޓްތައް ފޯރުކޮށްދިނުމާއި، ޓެސްޓުކުރުމުގެ އިތުރުން އޮޕަރޭޝަނަލް ހާލަތަށް ގެނައުމުގެ މަސައްކަތްތައް ކުރާނީ އެ ކުންފުނިންނެވެ. އަދި ކޫލިން ސިސްޓަމަށް ކަނޑުގެ ލޮނު ބޭނުންކުރެވޭނެ އިންތިޒާމުވެސް މި ޕްލާންޓްތަކުގައި ހިމެނޭނެއެވެ.
މަސްވެރިންނަށް ދިމާވާ އައިސް ލިބުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ދަނީ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއުތައް ނިމުމުން މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-a4fd5dd1.png)
2 މަސް ކުރިން

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން