-8402fff9.png)
އައިޝަތު ހިދާޔާ

ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުވެރިވާ މީހުން ބިނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އިން ބާއްވާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 31ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުސަތު ދެނީ ޖުމްލަ 15 ބައިވެރިންނަށެވެ. މި ފަންނީ ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 14 ދުވަހެވެ.
މިނިސްޓްރީން ބުނީ, މިއީ ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރެވޭ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މިކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހފައިވާ ބައިތަކަކީ:
ފިޝަރީސް މިނިސްޓްރީން ބުނީ, މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 18 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އައިޑީކާޑު ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރާ ފޯމު ގެޒެޓުގައި ޝާއިއުކޮށްފައި ވެއެވެ. މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުސަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް މިނިސްޓްރީން ބުންޏެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިއީ މިނިސްޓްރީން ބާއްވާ މިފަދަ ހަތަރުވަނަ ޕްރޮގްރާމެވެ.
-9a7f332b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-a4fd5dd1.png)
2 މަސް ކުރިން

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން