-8402fff9.png)
އައިޝަތު ހިދާޔާ

މާފަންނު ވެސްޓް ޕާކް ސަރަހައްދު ތަރައްގީ ކުރުމަށް އެ ސަރަހައްދު ބަންދުކުރުމުން, މާފަންނު ބަސް ދަތުރުތަކަށް ބަދަލެއް ގެނެސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ, ވެސްޓް ޕާކާ ދިމާލަށް އޮންނަ ހަވީރީ ހިނގުން ބަންދު ކުރުމާ ގުޅިގެން އޯކިޑް ރޫޓު އަދި އޮރެންޖު ހިޔާ ރޫޓުގެ ބަސްތައް މިއަދުން ފެށިގެން ވެސްޓް ޕާކް ބަސް ސްޓޮޕަށް މަޑު ނުކުރާނެ ކަމަށެވެ.
މި ރޫޓުގެ ބަސް ދަތުރުތައް ދެން ފެށޭނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މަޖިީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށް ފަހު ހެންވޭރުން އެނބުރި މާފަންނަށް އަންނަ ބަސްތައް މަޑު ކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ގޮސް, ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑުކުުރުމަށް ފަހު ސަބުދެލި މަގުން މަޖީދީ މަގަށް ނުކުމެ އާންމު ރޫޓުން ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ބުނީ މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށެވެ.
މާލޭ ބަހުގެ ޚިދުމަތަކީ ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ބޭނުންކުރާ ޚިދުމަތެކެވެ.
މި ޚިދުމަތް ސްކޫލު ކުދިންނަށާއި ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ހިލޭ ބޭނުންކުރެވެއެވެ.
ބޮޑުތަކުރުފާނު މަގު ވެސްޓްޕާކު ސަރަހައްދު ތަރައްގީކުރަން މަގު ބަންދުކުރީ މިިދިޔަ ބުދަ ދުވަހުއެވެ.
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން
-7fd17559.jpg)
3 މަސް ކުރިން