-8402fff9.png)
ސައިފުﷲ އަލީ

މާލޭގެ އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ދެވަނަ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ ދެވަނަ ސެގްމެންޓުގެ ގޮތުގައި އިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސަރަހައްދުގައި ތާރު އަޅައި ނިމުމުން، އާންމުންގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫއަކީ މަގުގައި ހެދިފައިވާ އަޑިގުޑަންތައް ރަނގަޅުކޮށް އާންމުންނަށް ކުރިމަތިވާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
އަމީނީ މަގު ސެގްމެންޓްތަކަކަށް ބަހާލައިގެން މަރާމާތުކުރަން ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުއެވެ. އެގޮތުން އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮތް ފުރަތަމަ ސެގްމެންޓުގައި ތާރު އަޅައި ނިންމާލީ މި މަހުގެ ބާވީސްވަނަ ދުވަހުއެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން 1.79 ކިލޯމީޓަރުގެ އަމީނީ މަގު ތަރައްގީކޮށް ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، މަގު ބޭނުންކުރަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ މަގުގެ ތާރުގަނޑު އުފުލި، ބޮޑެތި ވަޅުގަނޑުތައް ހެދިގެން ދިޔައެވެ.
ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި އެ މަގުގެ ތާރުގަނޑު އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ހިކުމުގެ ފުރުސަތު ނުދީ، މަގު ހުޅުވާލައި ބަރު އުޅަނދުތައް ދުއްވުމެވެ. މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތައް ނިމުމުން މަގުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރުގެ ހާލަތަށް ބޮޑު ބަދަލެއް އަންނާނެއެވެ.
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން