-8402fff9.png)
ސައިފުﷲ އަލީ
-a666a58c.jpg)
އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ --- ފޮޓޯ: ދިޔަރެސް
ފ. މަގޫދޫގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް އެންމެ އަވަހަށް ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
ސައުދީ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެއެވެ.
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 2022ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތުން މިހާރު ކުރިއަށްދާ އެއަރޕޯޓުތަކުގެ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތްކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން މަގޫދޫގައި ތަރައްޤީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ. އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކާފައިވެއެވެ.
މިހާރު އެއަރޕޯޓުގެ އިމާރާތ୍ތަކުގެ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެގੋތުން އެއަރޕޯޓްގެ ފަޔަރ ބިލްޑިންގ އިމާރާތ୍ކުރުމާ ގުޅޭ ހުރިހާ މަސައްކަތްތަކާއި ޓަރމިނަލް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފައެވެ. މީގެއިތުރުން ރަންވޭ އަޅާ ސަރަޙައްދު ތައްޔާރުކޮށް، އެކަމާ ގުޅޭ މަސައްކަތްތައް ވަނީ ފަށާފައެވެ.
ފ. މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. މި މަޝްރޫޢަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-125b775b.jpeg)
3 މަސް ކުރިން
-7fd17559.jpg)
3 މަސް ކުރިން