-8402fff9.png)
ސައިފުﷲ އަލީ
-962b03f1.jpeg)
އިންޑިއާގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ "އަމުލް" ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ.
އެސްޓީއޯއިން އަމުލް ބްރޭންޑުގެ އުފެއްދުންތައް ތަޢާރަފުކޮށްފައިވަނީ މިހާރު ކުރިއަށް ދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން އެސްޓީއޯގެ ސްޓޯލްގައި ބޭއްވި ޙަފުލާއެއްގައެވެ.
އަމުލްއަކީ ކިރުގެ އުފެއްދުންތަކަށް ޚާއްސަ އިންޑިއާގެ ބޮޑު ބްރޭންޑެކެވެ. މި ނަމުގެ އަސްލު މާނައަކީ އާނަންދު މިލްކް ޔޫނިއަން ލިމިޓެޓް އެވެ. އަދި ބްރޭންޑް މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައިވަނީ ދަ ޓޭސްޓް އޮފް އިންޑިޔާގެ ގޮތުގައެވެ.
އެސްޓީއޯގެ ސްޓޯލްގައި ބޭއްވި ޙަފުލާގައި އަމުލް ބްރޭންޑްގެ އުފެއްދުންތައް ތަޢާރަފުކޮށްދެއްވީ އެސްޓީއޯގެ އެކްސްކޯ މެންބަރުންނެވެ.
އެސްޓީއޯއިން ބުނީ، އަމުލްގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކިރާ ބަޓަރާއި ޗީޒް އަދި އައިސްކްރީމްގެ އެކި ބާވަތްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިހާރު ލިބެން ހުންނާނެކަމަށެވެ. އަދި އެސްޓީއޯގެ ސްޓޯލްގައި މިއަދު އަމުލް ގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފޮނިކާތަކެތި އަދި އައިސްކްރީމްވެސް ލިބެން ހުންނާނެކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރ އައިޝަތު ނަޒާހަތު ވިދާޅުވީ އަމުލް ބްރޭންޑަކީ މިހާރު މުޅި ދުނިޔެއަށްވެސް މަޝްހޫރު، ހުރިހާ ރަހަތަކަކަށްވެސް ފެތޭ ބްރޭންޑެއްކަމަށެވެ.
"އަމުލް ބްރޭންޑަކީ މިހާރު ދުނިޔޭގައިވެސް ވަރަށް މަޝްހޫރު ބްރޭންޑެއް. މި ބްރޭންޑްގެ ޕްރޮޑަކްޓް ރޭންޖުގެ ތެރޭގައި މިލްކް، ޔޯގަޓު، އައިސްކްރީމް އަދި އިންޑިއާގެ މީހުންނަށް ޚާއްސަ އަދި އަޅުގަނޑުމެން ދިވެހިންވެސް ލޯބިކުރާ ގުލާބް ޖާމު ކަހަލަ ބައިވަރު ތަކެތި ހަމަ އަމުލް ބްރޭންޑުން ލިބިގެންދާނެ." ނަޒާހަތު ވިދާޅުވިއެވެ.
ކޮފީސްޓޭޓްގެ ހޮވާލެވޭ ބުއިންތަކާއެކު އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި “ރެޖިސްޓަރ އެންޑް ވިން” ގެ ނަމުގައި ހަރަކާތެއްވެސް އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުގައި މެދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެއެވެ. އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރައްވައިގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށޤ އެސްޓީއޯއިން ބުނެއެވެ.
ހޮޓަލް އޭޝިއާ އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 28 އިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ހުޅުމާލެ ސިންތަޓިކް ޓްރެކްގައެވެ.
-ffb3a233.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-0ca78e5c.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން
-302b2e82.jpeg)
7 މަސް ކުރިން