-8402fff9.png)
ސައިފުﷲ އަލީ
-ffb3a233.jpg)
އެސްޓީއޯގެ ހެޑް އޮފީސް
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" ގައިވާ ގޮތުން، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ބޮޑަށް އަމަލުކުރާ ކުންފުންޏަކަށް 97.5 އިންސައްތައިގެ ސްކޯއަކާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހޮވިއްޖެއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އަށް ކުންފުންޏެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި މި ރިޕޯޓުން ދައްކާ ގޮތުގައި، ކުންފުނިތަކުން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އަމަލުކުރާ މިންވަރު ވަނީ ޖުމްލަ ގޮތެއްގައި 92.9 އިންސައްތައަށް އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރުގެ 88 އިންސައްތައާއި 2023 ވަނަ އަހަރުގެ 86 އިންސައްތައާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
މި ރޭންކިންގގެ ދެވަނައިގައި 96.2 އިންސައްތާއާއެކު އުރީދޫ މޯލްޑިވްސް އޮތްއިރު، ތިންވަނަ ލިބިފައިވަނީ 94.9 އިންސައްތާއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށެވެ. އަދި މި ލިސްޓުގެ އެންމެ ފުލުގައި 88.6 އިންސައްތައިގެ ސްކޯއަކާއެކު އޮތީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ.
ސީއެމްޑީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެސްޓީއޯ އިން ވަނީ ބޯޑު ހިންގުމާއި، ޑިރެކްޓަރުން ތަމްރީނުކުރުމާއި، އެތެރޭގެ އޮޑިޓް ނިޒާމު ހަރުދަނާކުރުމުގައި ނަމޫނާ ދައްކާފައެވެ. ވަކިން ހާއްސަކޮށް، 2025 ވަނަ އަހަރު ޑިރެކްޓަރުންގެ ހުނަރު އިތުރުކުރުމަށްޓަކައި 1,025,597 ރުފިޔާ ޚަރަދުކޮށް، އަށް ތަމްރީނު ޕްރޮގްރާމް އެ ކުންފުނިން ވަނީ ހިންގާފައެވެ.
މީގެއިތުރުން، ކޮންމެ އަހަރަކު ޑިރެކްޓަރުންގެ ބޯޑުގެ ތިންބައިކުޅަ އެއްބައި އިންތިޚާބުކުރަންޖެހޭ ޝަރުތު ފުރިހަމަކުރި ހަމައެކަނި ކުންފުންޏަކީ ވެސް އެސްޓީއޯއެވެ. އެ ކުންފުނީގެ މުޅި ބޯޑު އެކުލަވާލެވެނީ އެއް އަހަރުގެ ދައުރަކަށް ކަމަށްވާތީ، ކޮންމެ އަހަރީ އާންމު ޖަލްސާއެއްގައި ޑިރެކްޓަރުން އަލުން އިންތިޚާބުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
އަދި އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކެޓިވްގެ ރިޕޯޓިންގ ލައިން އޮންނަ ގޮތަކީ މި ރިވިއުއިން ފެނުނު އެންމެ ފުރިހަމަ އަދި ސާފު ނިޒާމު ކަމަށް ސީއެމްޑީއޭ އިން ވަނީ ހާމަކޮށްފައެވެ.
-962b03f1.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-0ca78e5c.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން
-302b2e82.jpeg)
7 މަސް ކުރިން