-8402fff9.png)
ސައިފުﷲ އަލީ
-29328182.jpg)
ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަށް އިތުރު އިސްލާހުތަކެއް ގެންނެވުމަށް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޓެކްސްއާ ބެހޭ ގާނޫނަށް މިދިޔަ މަހު ގެނައި ބަދަލުތަކާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.
އެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
އެ ގާނޫނަށް ބަދަލުތަކެއް ގެނައުމުގެ މައިގަނޑު ބޭނުމަކީ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރަން ގެންނަ ބަދަލުތަކެއް ކަމަށް ގާނޫނުގައިވެއެވެ.
މި ބަދަލުތަކާއެކު ޓެކްސް ނަގަން ފެށުމުން ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާއެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ޔޫރަޕްގެ ބައެއް ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ބުކިން ހެދުން މެދުކަނޑާލާފައިވާ ކަމަށް އެ ދާއިރާއިން ބުނެއެވެ.
އަމީން ވިދާޅުވީ 2040 ވަނަ އަހަރު ރާއްޖެ އެންމެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ޓޫރިޒަމް ދާއިރާ އިތުރަށް ސިންދަފާތު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމަށް 54 އަހަރު ފުރިގެން ދިޔައިރު، މިއީ ދުނިޔޭގައި އެންމެ މަގުބޫލު އެއް މަންޒިލް ކަމަށާއި އެ ހިސާބަށް އާދެވުނީ ދާއިރާގައި މަސައްކަތް ކުރި ފަރާތްތަކުގެ ބޮޑު މަސައްކަތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރި ނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަނެ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެ، ސެކްޓަރު އަލުން ކުރީގެ ހާލަތަށް ވާސިލުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 3.4 އިންސައްތައިގެ ދަށްވުމެކެވެ.
-b3d61f0b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން