-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ފަތުރުވެރިކަން ދަށަށް ދާ މިންވަރުގެ ފަރަގު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށާއި، އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތައަށް ދަށަށް ދިޔަ ނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް މި ނިސްބަތް 8.9 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މިހާލަތުގައި ފަތުރުވެރިކަން ދަށަށް ދާ މިންވަރުގެ ފަރަގު މިހާ ބޮޑަށް ކުޑަކުރެވުމަކީ ބޮޑު ކާމިޔާބީއެކެވެ.
"މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ، ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުން،" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ އެއާލައިން މޯލްޑިވިއަން އިން އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ޙިކުމަތްތެރި ނިންމެވުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ނިންމެވުމުގެ ސަބަބުން ހައްސާސް ޙާލަތްތަކުގައި އިޤުތިޞާދީ ގެއްލުން ކުޑަކުރުމަށް ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 859،087 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެއް ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-b3d61f0b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-29328182.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން