-8402fff9.png)
ސައިފުﷲ އަލީ
-b3d61f0b.jpg)
ގއ. ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީ ކުރުމާއެކު 17 ރިސޯޓު ހެދުމުގެ މަޝްރޫއު އައު ކުންފުންޏަކާ އަންނަ ނޮވެމްބަރު މަހު ހަވާލުކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި މަޝްރޫއު ކުރިން ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ބީސިކްސް ގްރޫޕާ ކަމަށްވީ ނަމަވެސް، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މި މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، އައު ކޮންޓްރެކްޓަރަކާއެކު މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫއުގެ މަސައްކަތްތައް އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ. ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓު ތަރައްގީ ކުރުމުގެ ފަހުމުނާމާގައި ކުރިން ސޮއިކޮށްފައިވަނީ 2024 ފެބްރުއަރީ 22 ވަނަ ދުވަހު ނަމަވެސް، އެ ކުންފުންޏަށް މިހާތަނަށް އަމަލީ މަސައްކަތެއް ފެށިފައި ނުވާތީ ސަރުކާރުން ވަނީ އެ އެއްބަސްވުމާމެދު ގޮތްތަކެއް ނިންމާފައެވެ.
މި ބޮޑު މަޝްރޫއުގެ ދަށުން ވިލިނގިލީ ފަޅުގައި 17 ރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަށް ޕްރައިވެޓް އައިލެންޑާއި ބޮޑު ނުވަ ރިސޯޓު ހިމެނޭ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ. މި މަޝްރޫއު ނިމިގެންދާއިރު ހުވަދު އަތޮޅުގެ ގެސްޓްހައުސް އަދި ރިސޯޓު އެނދުގެ އަދަދު 5,000 އަށް އިތުރުވެ، ސަރަހައްދުގެ އިގްތިސާދީ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
-29328182.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން