-8402fff9.png)
އައިޝަތު ހިދާޔާ

ހ. މާދޫގެއިން އަތުލައިގެން ބަނގުރާ -- ފޮޓޯ/ ޕީއެސްއެމް
މާލެއަށް ބަނގުރާ އެތެރެކުރާ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ, މި ނެޓްވޯކް އަތުލައިގެންފައި ވަނީ ހ. މާދޫގޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ އަތިލައިގެންފައި ވާކަމަށް ފުލުހުން ބުންޏެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުން ބުނީ, މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާދޫގޭގެ ފުރަތަމަ އަދި ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. މި ފަންގިފިލާތަކުގައި މިހާރު ވެސް އޮޕަރޭޝަން ކުރިއަށް ދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ފަށާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި އޮޕަރޭޝަން ފެށީ މާލޭގައި އެކި ސަރަހައްދުތަކަށް ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދޭކަމަށް މައުލޫމާތު ލިބިގެންކަމަށް ފުލުހުން ބުންޏެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން