-8402fff9.png)

އަޙްމަދު ޝާބިން

ނައްތާލާފައިވާ 126 ބަނގުރާފުޅިއާއި 122 ދަޅުބިޔަރު
ދ. ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
މިގޮތުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރެވެ. ފުހުލުން ބުނާ ގޮތުން މިތަކެއްޗަކީ ދާލު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން 2025 ޑިސެމްބަރު 31 އިން 2026 ފެބުރުވަރީ 15 ގެ ނިޔަލަށް ހިފަހައްޓާފައިވާ ތަކެއްޗެވެ.
މީގެ އިތުރުން، ނައްތާލެވިފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން މި ފެބުރުއަރީ މަހު އެކަނިވެސް ޖުމްލަ 107 މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގެ އެކި ހިސާބުތަކުން ރިޕޯޓުކޮށްފައިވެއެވެ.

1 ދުވަސް ކުރިން

1 ދުވަސް ކުރިން

2 ދުވަސް ކުރިން

3 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން