-8402fff9.png)
އައިޝަތު ހިދާޔާ

ކ. މާފުށީގައި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އުމުރުން 23 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ, ސަމޭދާން, ހދ. ކުޅުދުއްފުށި، ނަބީހު އަބްދުއްރަޝީދު އެވެ.
ފުލުހުން ބުނީ, އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 16ވަނަ ދުވަހުކަމަށެވެ. މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ނަބީހު އަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މާފުއްޓަކީ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިންދާ, ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ރަށެކެވެ.
ފުލުހުން މިދިޔަ ހަފުތާގައި ވަނީ މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރި ނެޓްވޯކެއް ވެސް އަތުލައިގެންފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން