-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 15 ވަނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި، މިފަހަރުގެ ހައްޖު ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މި ދަތުރުތަކުގެ ތެރެއިން ދެ ފްލައިޓަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބާއްވާ ދެ ދަތުރެވެ.
އަދި ބާކީ ދެ ފްލައިޓަކީ ސައުދިއާ އެއާލައިން އިން ބާއްވާ ދެ ދަތުރެވެ. މި އަހަރު ރާއްޖެއިން ހައްޖަށްދާ 1,000 މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ.
ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
ފުރަތަމަ ފްލައިޓް: މި މަހުގެ 15 ގައި މެންދުރު ފަހު 3:25 ގައި
ދެވަނަ ފްލައިޓް: މި މަހުގެ 17 ގައި ފަތިހު 5:00 ގައި
ތިންވަނަ ފްލައިޓް: މި މަހުގެ 18 ގައި މެންދުރު ފަހު 3:25 ގައި
ހަތަރުވަނަ ފްލައިޓް: މި މަހުގެ 19 ގައި ހެނދުނު 9:30 ގައި
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މިފަހަރު ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ޖުމްލަ 22 ދުވަހު މަޑުކުރާނެއެވެ. އަދި ހައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ "މައްކާ ރޫޓު" ގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-d8b50da8.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-2abff338.jpg)
3 މަސް ކުރިން
-b5f03ed3.jpg)
3 މަސް ކުރިން
-9a60159d.jpg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން