-8402fff9.png)

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ފުރަތަމަ ގެސްޓްހައުސް އެވޯޑުގެ 10 ރޫމަށްވުރެ ދަށުގެ ގެސްޓްހައުސްތަކަށް ދޭ ކޮމިޔުނިޓީ އިމްޕެކްޓް އެވޯޑް ގއ. ކޮނޑޭ ގާޑެން ވިލާއަށް ލިބިއްޖެއެވެ.
ކޮނޑޭގައި ލޯކަލް ޓޫރިޒަމް ފެށިތާ ފަސް ވަރަކަށް އަހަރުވެފައިވާއިރު، ފަތުރުވެރިންގެ މެދުގައި މިހާރު އެ ރަށް އަންނަނީ ދުވަހެއް ދުވަހަކަށް މަގުބޫލުވަމުންނެވެ.
ކޮނޑޭ ވިލާ އަކީ އެ ރަށުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ވަރަށް ހިތްގައިމު ގެސްޓްހައުސްއެކެވެ. ގިނަ އަދަދެއްގެ ދިވެހީން ވެސް އެ ގެސްޓް ހައުސްއަށް ޗުއްޓީ ހޭދަކޮށްލަން ދާކަން ވެސް ފާހަގަކުރެވެއެވެ.
އެ ގެސްޓް ހައުސް އިން ބުނީ އެވޯޑު ލިބުމަކީ ރަށުގެ ތަރައްގީއަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
މި އެވޯޑުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާ ބަދަހި ގުޅުމެއް އުފެއްދުމަށް އެ ގެސްޓް ހައުސްގެ ޓީމުން ކުރާ ބުރަ މަސައްކަތް ކަމަށް ވެސް އެ ގެސްޓްހައުސް އިން ބުންޏެވެ.
އަދި މުޖުތަމައުގެ އެކި ހަރަކާތްތަކުގައިއާއި ރަށު ފެންވަރުގައި ހިންގޭ ކަންކަމުގައި ބައިވެރިވެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ގެސްޓްހައުސް އިން ދެއެވެ.
އެ ގެސްޓްހައުސް އިން ވަނީ މި ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި އެކަމުގައި ބައިވެރިވި އެންމެހައި މުވައްޒަފުންނަށާއި، ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ލިބުނީ ފުވައްމުލައް ސިޓީއަށެވެ.
މީގެއިތުރުން ގެސްޓް ހައުސް އެވޯޑުގައި ހޮވި ތިން އެވޯޑެއް ކަމަދޫ އިން ގެސްޓްހައުސްއަށް ލިބުނުއިރު، އޯޝަން ގްރޭންޑް ގެސްޓްހައުސް އާއި ބްލިސް ދިގުރަށް ގެސްޓްހައުސް އާއި ކޮނޑޭ ގާޑަން ވިލާ އަދި ސްވާން ބައި ހޯކްސްއަށްވެސް އެވޯޑެއް ލިބުނެވެ. ގެސްޓްހައުސް އެވޯޑު ހަފުލާގައި ހޮވި އައުޓްސްޓޭޑިން ޑައިވް މާސްޓާ އެވޯޑު ލިބުނީ މުހައްމަދު ޝަމޫން އަމީނަށެވެ.
-9d7580fb.jpg)
13 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-e780e747.jpg)
5 މަސް ކުރިން

6 މަސް ކުރިން