-8402fff9.png)
އައިޝަތު ހިދާޔާ

ފުވައްމުލަކު ސިޓީން ޑައިވިންއަށް ފޭބި ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން ބުނީ, ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:18 އެހައިކަންހާއިރު ކަމަށެވެ.
ހޮސްޕިޓަލަށް މީހާ ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފުވައްމުލަކަކީ ޑައިވް ކުރުމަށް ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ޑައިވްކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލީ ފުވައްމުލަކު ސަރަހައްދުގައި ދިރިއުޅޭ ފެމުނު މިޔަރުތަކެވެ.
މީގެކުރިން ވެސް ފުވައްމުލަކުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

11 ދުވަސް ކުރިން
-9d7580fb.jpg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން